ކުލޭޝް އޮފް ކުލޭންގެ މަޝްހޫރު މޯބައިލް ގޭމް އެޕް އިރާންގައި ބުލޮކް ކޮށްލައިފި އެވެ.
އިރާންގެ %64 މީހުން މި ގޭމް ކުޅޭ އިރު، ގޭމް ކުޅުން މަނާ ކުރީ މި މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި އެވެ.
އީރާނުގައި އެ ގޭމްކުޅުން މަނާކުރީ އެ ގޭމް ކުޅުމުގެ ސަބަބުން އާއިލާ އަށާއި ޒުވާން ކުދިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އީރާންގެ ސައިބާ ފުލުހުންގެ ގާނޫނު ހަދައި މީހުން އެންގި އެންގުމެއްގެ ދަށުންނެވެ.
އިރާންގެ ޑެޕިއުޓީ އޮތިރިޓީ ބުނެފައި ވަނީ އުމުރުފުރާ ވަކި ކޮށް ކުޑަ ކުދިންނަށް ގޭމް ނުކުޅެވޭ ގޮތަށް ލިމިޓްކުރާނެ ކަމަށެވެ. އެކަމަކު އެގޮތަށް އަދިވެސް ނުވެ އޮތުމުން ގޭމް ކުޅޭ މީހުންވަނީ އެކަމުގައި ކަންބޮޑުވުން ފާހަގަ ކޮށްފަ އެވެ.
އިރާންގައި މި އަހަރުގެ އޮގަސްޓް މަހު ވަނީ ޕޮކެމަންގޯ ކުޅުމަށްވެސް މަނާ ކޮށްފައި ކަމަށް ހަބަރުތަކުން ބުނެއެވެ.