twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރޯހައުސްތައް ހަވާލުނުކުރެވި ހުރީ މިނިސްޓްރީން ވަކި އެއްޗެއް އަންގާފައިނުވާތީ: ކުޅުދުއްފުށީ ކައުންސިލް

Dec 29, 2016

ކުޅުދުއްފުށީގައި އިމާރާތް ކުރަމުންދާ 160 ރޯހައުސްގެ ތެރެއިން ހަދާ ނިމިފަ ހުރި ރޯހައުސްތަކާއި ގުރުއަތު ނަގާ ނިމި ހުރި ރޯހައުސްތައް ހަވާލުނުކުރެވި ހުރީ މިނިސްޓްރީން ވަކި އެއްޗެއް އަންގާފައިނުވާތީ ކުޅުދުއްފުށީ ކައުންސިލް މެމްބަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ޖަލާލުއްދީން ސްކޫލު ކައިރީގައި ހުރި 18 ރޯހައުސްގެ ގުރުއަތުލުން ބާއްވާައިވާއިރު އަދިވެސް އެ ރޯހައުސްތައް ލިބުނު ފަރާތްތަކަށް ވަނީ ހަވާލުނުކުރެވިފަ އެވެ. އަދި ހަސަނާތު މިސްކިތް ކައިރީގައި ހުރި 40 ރޯހައުސްގެ ގުރުނެގުން ހައުންސިންގ މިނިސްޓްރީގެ އެންގުމަށް ވަނީ މަޑުޖައްސާލާފަ އެވެ.

ކައުންސިލް މެމްބަރު އަލީ ހާޝިމް މިއަދު ވިދާޅުވީ، ގުރުއަތުން ރޯހައުސް ލިބުނު ފަރާތްތަކަށާއި އިތުރު ރޯހައުސްތަކުގެ ގުރުއަތުލުން ނުބޭއްވި އުޅެނީ ހައުންސިންގ މިނިސްޓްރީން ނާންގާތީ ކަމަށެވެ.

ރޯހައުސް ލިބުނު ފަރާތްތައް މިއަހަރު މެއި މަހު ކަނޑައެޅުނުއިރު، އެރޯހައުސް އަދިވެސް ވަނީ ހަވާލުނުކުރެވި އެވެ.އެކަމުގެ ކަންބޮޑުވުމުން އެ ފަރާތްތަކުން ދަނީ ކައުންސިލުގައި ފާޅުކުރަމުންނެވެ.އަދި ނިމިފައި ހުރި ރޯހައުސްތަކުގެ ގުރުއަތުލުން ނުބޭއްވި ގިނަ ދުވަސްތަކެއް ވެގެންދާއިރު އެތަނަންތަނުގައި ގަސްފަޅާ ވަނީ ވާވެފަ އެވެ.

ކުޅުދުއްފުށީ ރޯހައުސްތަކުގެ މައްސަލަތަކުގެ މައުލޫމާތު ކޭއޯއިން ސާފުކުރުމަށް ފާއިތުވި ހަތަރުދުވަހު ހައުންސިންގ މިނިސްޓްރީއަށް ގުޅައިގެން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355