twitterviber whatsapp telegramfacebookyoutube instagram
13th April 2026

މުސްހަފް މާލްދީފް ބަހަން ފަށައިފި

Dec 29, 2016

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް “މުސްހަފް މާލްދީފް” ގެ ފުރަތަމަ ޗާޕްކުރި ކޮޕީތައް ރައްޔިތުންނަށް ބައްސަވަން ފައްޓަވައިފިއެވެ.

މި މަޝްރޫއަކީ ކޮންމެ ދިވެހި ރައްޔިތަކަށް މުޞްޙަފެއް ފޯރުކޮށްދެއްވުމަށްޓަކާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.

މިއަދު ހެނދުނު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ “މުސްހަފް މާލްދީފް” ދިވެހި ރައްޔިތުންނަށް ބައްސަވަން ފައްޓަވައިދެއްވުމުގެ ގޮތުން، ޤުރުއާނާބެހޭ މަރުކަޒުގައި ޤުރުއާން ޙިފްޡުކުރާ 3 ފިރިހެން ކުދިންނަށާއި، 2 އަންހެން ކުދިންނަށް މުޞްޙަފް ހަވާލުކޮށް ދެއްވާފައެވެ.

މި މުސްހަފުގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓް ތައްޔާރުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސަގާފަތާއި ތާރީޚު ދައްކުވައިދޭގޮތައް ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް އެކުލަވާލައިގެންނެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ދިވެހި ސަރުކާރުގެ ކުންފުނިތަކުންނާއި، އަމިއްލަ ކުންފުނިތަކާއި އަދި ވަކިވަކި ދިވެހި ފަރުދުންގެ އިތުރުން، ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355