twitterviber whatsapp telegramfacebookyoutube instagram
18th May 2024

27 މީހަކަށް ބެންކޮކް ދަތުރު ލިބޭ ފުރޮމޯޝަނެއް ކޮކާކޯލާއިން ފަށައިފި

Dec 29, 2016

ނަސީބުވެރިންނަށް 27 ފަރާތްތަކަށް އިތުރު ބައިވެރިއަކާއެކު ބެންކޮކް ދަތުރެއް ދިއުމުގެ ހާއްސަ ޕްރޮމޯޝަނެއްެ ކޮކާކޯލާ އިން މިއަދު ވަނީ ފަށައިފި އެވެ.

ކޮކާކޯލާގެ ޓޭސްޓް ދަ ފީލިންގެ ނަމުގައި މިއަދު މެންދުރު ސޯލްޓް ކެފޭގައި މިކަމަށް ބޭއްވުނު ރަސްމިއްޔާތުގައި ޕްރޮމޯޝަން ފައްޓަވައި ދެއްވީ ކޮކާކޯލާގެ ޖެނެރަލް މެނޭޖަރ އޮފް ކޯޕަރޭޝަންސް މިލިންދް ދެރާސަރީ އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިލިންދް ވިދާޅުވީ އެ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ހޮވޭ 27 ފަރާތަކަށް، އިތުރު ފަރާތަކާ އެކު ބެންކޮކް ދަތުރެއް ލިބޭނެ ކަމަށެވެ. އަދި އެ ދަތުރުަގައި ކޮކާކޯލާ އިން ހުރިހާ ހަރަދެއް ކޮށްދޭނެ ކަމަށާއި އޭގެ ތެރޭގައި ދެކޮޅު ޓިކެޓާއި ހުރުމާ ކެއުން އަދި އިތުރު ދަތުރުފަތުރުތައް ހިމެނެ އެވެ.

އޭގެ އިތުރުން ވެސް ހާއްސަ އިތުރު އިނާމް ތަކެއް ވަނީ ހުށައަޅާލާފައި އެވެ. އެއީ 18 ބޭފުޅަކަށް “ޕާޓީ ވިތު ކޯކް” ގެ ވަރަށް ހާއްސަ އިނާމެއް ލިބުމުގެ އިތުރުން އެއް އަހަރު ވަންދެން ކޮންމެ ހަފްތާއަކު 1.25 ލީޓަރުގެ ކޮކާކޯލާ ކޭހެއް ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވި އެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕްރޮމޯޝަނަށް ހާއްސަ ކޮށްފައި ހުންނަ ރަންކުލައިގެ މަތިގަނޑު ޖަހައިފަ ހުރި ފުޅިއެއް ގަތުމަށްފަހު، އެ ފުޅީގެ މަތިގަނޑުގައިވާ ކޯޑު 2626 އަށް އެސްއެމްއެސް

ކުރާނީ އެވެ. އެހިސާބުން ޕްރޮމޯޝަންގައި ބައިވެރިވެވުނީ އެވެ. ޕްރޮމޯޝަނަށް ހާއްސަ ކޯކުފުޅިތަކަކީ 300 އެމްއެލް، 500 އެމްއެލް އަދި 1.25 ލީޓަރުގެ ކޯކުފުޅިތަކެވެ

ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވުން ކުރިއަށްދާނީ، ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ރެއަކު 9:00 ގައި ޓީވީއެމް އިން އެކަމަށް ދައްކާ ލައިވް ޕްރޮގްރާމެއްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355