twitterviber whatsapp telegramfacebookyoutube instagram
14th August 2026

އަންނަ އަހަރު ކޮމަންޑޫގައި 50 ހައުސިންގ ޔުނިޓް އަޅަނީ

Dec 29, 2016

2017 ވަނަ އަހަރުގެ ތެރޭގައި ށ. ކޮމަންޑޫގައި 50 ހައުންސިންގ ޔުނިޓް އަޅަން ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ މުއިއްޒު ވިދާޅުވީ އަތޮޅުތެރޭގެ އަށް ރަށެއްގައި އަންނަ އަހަރު އަލަށް 600 ހައުސިންގ ޔުނިޓްތަކެއް އެޅުމުގެ މަސްރޫއު ފަށާނެ ކަމަށާއި އެކަން ވީހާވެސް އަވަހަކަށް ފެށުމަށް ރައީސް އޮފީހުންވެސް އަންގާފައިވާ ކަމަށެވެ.

އަންނަ އަހަރު ހައުސިންގ ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ށ. ކޮމަންޑޫގެ އިތުރުން ބ. އޭދަފުއްޓާއި ޅ. ހިންނަވަރު، ޅ. ނައިފަރު އާއި ދ. މީދޫ އާއި ދ. ކުޑަހުވަދޫގެ އިތުރުން ސ. ފޭދޫ އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކުރިޔަށް ގެންދަނީ އެގްރީމަންޓަކާ ހަމަޔަށް ދިއުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށާއި މި އަށް ރަށުގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ބަޔަކާ ހަވާލުކުރެވި މަސައްކަތް ފެށޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355