twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކުޑަކުދިންގެ ހަވީރަކާއެކު ނަޝީދު ހެއްދެވި ޕާކް މާދަމާ ހުޅުވަނީ

Dec 31, 2016

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަލްއުސްތާޒު މުހައްމަދު ނަޝީދު ކުޅުދުއްފުށީގައި ހައްދަވައިދެއްވި ކުޑަކުދިންގެ ޕާކް މާދަމާ ހުޅުވާގޮތަށް ނިންމައިފި އެވެ.

ނަޝީދުގެ ގާތް ބޭފުޅަކު މިއަދު ވިދާޅުވީ ކުޑަކުދިންގެ ހަވީރަކާއި އެކު މާދަމާ ހަވީރު ޕާކް ހުޅުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕާކަކީ ނަޝީދުގެ އަމިއްލަ ހަރަދުގައި ހެއްދެވި ޕާކެއް ކަމަށެވެ. ކުޑަކުދިންގެ ހަވީރަކާއެކު މާދަމާ ޕާކް ހުޅުވާއިރު ތަފާތު ސްޓޯލްތަކުގައި ގޭމްސްތައް ކުުޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ޕާކް ހަދާފައިވަނީ ސްޓޭޑިއަމް ކައިރީގައި އޮންނަ ހުސްބިމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355