ކައުންސިލްތަކުގެ މާލީ ބަޔާން އާ ފޯމެޓާ އެއްގޮތަށް ތައްޔާރުކުރުމަށް ބޭއްވި ވޯކްޝޮޕް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ.
ވޯކްޝޮޕްގެ ނިންމުން ފާހަގަކުރުމުގެ ގޮތުން ނޮދަން އޮފީސް ކޮމްޕްލެކްސްގެ ޖަލްސާކުރާ މާލަމްގައި 29 ޑިސެންބަރ ވަނަ ދުވަހުގެ ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމެވެ.
ހދ.އަތޮޅުގެ ކައުންސިލްތަކަށް އަމާޒްކޮށްގެން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މިވޯކްޝޮޕްގައި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، ހދ.އަތޮޅު ކައުންސިލް ގުޅިގެން ކުޅުދުއްފުށީގައި ވަނީ ކުރިއަށް ގެންގޮސްގެން އެވެ. ހދ.އަތޮޅުގެ ކައުންސިލްތަކުން ޖުމްލަ 22 ފަރާތަކުން މިވޯކްޝޮޕްގައި ބައިވެރިވެފައިވެއެވެ.
މިވޯކްޝޮޕްގައި އައު ފޯމެޓަށް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދީ މައުލޫމާތު ދެއްވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނެވެ.