twitterviber whatsapp telegramfacebookyoutube instagram
18th May 2024

މިދިޔަ އަހަރަކީ ރައްޔިތުންނަށްވެފައިވާ ގިނަ ވައުދުތަކެއް ފުއްދައިދިނުމުގައި ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއް

Jan 1, 2017

މިދިޔަ 2016 ވަނަ އަހަރު ހިންގި ގިނަ މަޝްރޫއުތަކެއް މިއަހަރު ނިންމައި، ތަރައްގީގެ އާ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު މިއަހަރު ހިންގާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާ، ފޮނުވި މެސެޖްގައި ރައީސް ވިދާޅުވީ ނިމިގެން މިދިޔަ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެއް ކަމަށެވެ.

އަދި ނިމިގެންދިޔަ 2016 ވަނަ އަހަރަކީ، ދިވެހިރާއްޖޭގެ ރައްޔިތުން ސުލްހަވެރިކަމާއި އަމަންއަމާންކަންމަތީގައި އުފާވެރިކަމާއެކު ހޭދަކުރި ފާގަތި އަހަރެއްކަމަށާއި ރައްޔިތުންނަށް ދަތިވެފައިވާ އެތައްކަމަކަށް ހައްލު ހޯދައިދިނުމުގަޔާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ހިތާބުގައި 2016 ވަނަ އަހަރަކީ ރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކެއް ފަށައި، ހިންގަމުން ގެންދެވުނު އަހަރެއްކަމަށާއި ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރުމަށްޓަކައި، ގިނަގުނަ ފިޔަވަޅުތަކެއް އަޅައި، ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެއްގެ ގޮތުގައި ނިމިގެންދިޔަ އަހަރެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި

އެވެ.

” ވޭތުވެދިޔަ އަހަރުވެސް ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، މުޖްތަމައަށް ފައިދާކުރަނިވި ބަޔަކަށް ޒުވާނުން ހެދުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމުގައި އަހަރެއް. ވޭތިވެދިޔަ އަހަރަކީ ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ހަމަޖައްސައިދެވުނު އަހަރެއް ” ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355