twitterviber whatsapp telegramfacebookyoutube instagram
2nd June 2026

މަސްތުވާތަކެއްޗާއެކު 3 މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

Jan 1, 2017

ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 3 މީހަކު އެރަށުން ހައްޔަރުކޮށްފި އެވެ.

މިމައްސަލާއިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ ތެރެއިން 20 އަހަރުގެ މީހާ އާއި 30 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި ހޯރަފުށި މަގުމަތިންކަމަށެވެ. އަދި 22 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.

ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން ހޯރަފުށީގެ ދެކުނުފަރާތުގައި ހުންނަ ހަޓެއް ބަލައިފާސްކޮށްފައިވާއިރު އެހަޓް ކައިރީ ވަޅުލާފައިވަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355