ހަނިމާދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އެރަށު ކުރީގެ ކަތީބުގެ ބޯ ފެޅިއްޖެ އެވެ.
މިއަދު ގާތްގަނޑަކަށް 11 ޖަހާއިރު ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ ކުރީގެ ކަތީބު ރައްޒާގުބެ އެވެ. މިއެކްސިޑެންޓްގައި އިތުރު މީހަކަށް އަނިޔާވެފައިއެއް ނުވެ އެވެ.
ރައްޒާގުބެ ބޯފެޅުނީ ސައިކަލުގައި ފިކަޕުން ޖެހި ހިނގި އެކްސިޑެންޓްގައި ފާރުގައި ޖެހި، ފާރުން ބައެއް ރައްޒާގުބެ ގެ ގައި މައްޗަށް ވެއްޓި އެވެ.
ހަނިމާދޫ ކުރީގެ ކަތީބު އަދި މިހާރުގެ ޒިންމާދާރުވެރިޔާ ރައްޒާގު.މިއަދު ހިނގި އެކްސިޑެންޓްގައި ރައްޒާގުގެ ބޯ ވަނީ ފެޅިފަ–
ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ އެކްސިޑެންޓްގައި ރައްޒާގުބެއަށް ސީރިއަސް އަނިޔާވެފައިނުވާ ކަމަށެވެ. ބޯފަޅައިގެން ދިއުމުގެ އިތުރުން ފައި ދެ ތިން ތަނެއް ހަލާކުވެފައިވެ އެވެ.
ފަރުވާދިނުމަށް ފަހު މިހާރު ރައްޒާގުބެ ގެއަށް ވަނީ ފޮނުވާލާފަ އެވެ. ރައްޒާގުބެ އަކީ މިހާރު ހަނިމާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އެވެ.