3 ނޮވެމްބަރުގެ ބަތަލު ކުޅުދުއްފުށީ މާވާގެ، ޝަހީދު ހުސެއިން އާދަމްގެ ނަމުގައި ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި އެވެ.
” ޝަހީދު ހުސެއިން އާދަމް ހަނދާނީ މައިޒާން ” ގެ ނަމުގައި މިއަދު ހަވީރު ހުޅުވި މި ޕާކަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދުގެ ހަރަދުގައި ހައްދަވައިދެއްވި ޕާކެކެވެ.
ޝަހީދު ހުސެއިން އާދަމްގެ ދައްތަ އާއި ކޮއްކޮ ޕާކު ހުޅުވައިދެއްވަނީ–
ޕާކު ހުޅުވައިދެއްވީ މިކަމަށްޓަކާ މިއަދު އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަހީދު ހުސެއިން އާދަމްގެ ކޮއްކޮ އަކާއި ދައްތަ އެކެވެ.
ޕާކް ހުުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ކުޑަކުދިންގެ ހަވީރަކާ އެކު އެވެ.