ޖެނުއަރީ މަހު ވިލާ ކޮލެޖުގައި ފަށާ ކޯސްތަކަށް ހޮވިފައިވާ ދަރިވަރުންގެ ރެޖިސްޓްރޭޝަން މާދަމާ ފަށާނެ ކަމަށް އެކޮލެޖުން ބުނެފި އެވެ.
ވިލާ ކޮލުޖުން ބުނީ އެފަރާތްތައް ކޯސްތަކުގައި ރަސްމީގޮތުން ރެޖިސްޓަރކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 10 ން ފެށިގެން ހަވީރު 4 ގެ ނިޔަލަ ކަމަށާއި ކޯހުގައި ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ވިލާ ކޮލެޖުގެ ކިޔޫއައި ކެމްޕަހުގައި ކުރިއަށްގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކޯސްތަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރުވާނީ ކޯހަށް ހޮވުނުކަމުގެ ލިޔުން ދޫކޮށްފައިވާ ކަމަށާއި ރަޖިސްޓަރކުރުމަށްޓަކައި ކޯހަށް ހޮވުނުކަމުގެ ލިޔުން ބޭނުންވާނެކަމަށް ވިލާ ކޮލެޖުން މައުލޫމާތުދެއްވައެވެ.
ވިލާ ކޮލެޖުގެ ކޯސްތަކުގައި މިފަހަރު އަލަށް ބައިވެރިވެލައްވާ ފަރާތްތަކަށް ވިލާ ކޮލެޖްގެ ރެކްޓަރ މަރްހަބާ ދެންނެވުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 7 ޖެނުއަރީ 2017 ވާ ހޮނިހިރުދުވަހުގައެވެ. މިކަންކަމާ ގުޅޭ އިތުރުމަޢުލުމާތު 3303200 ނަމްބަރުން ލިބިވަޑައިގަންނަވާނެއެވެ.