ކުރިނބީ ކައުންސިލްގައި ހުންނަވާ ހަމައެކަނި އަންހެން ކައުންސިލަރު، މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ކައުންސިލް މެމްބަރު ފާތިމަތު އިނާޔާ ކައުންސިލް މެމްބަރުކަމުން އިސްތިއުފާ ދެއްވިކަން ކޭއޯއަށް އޭނަވަނީ ކަށަވަރުކޮށްދީފަ އެވެ.
އިނާޔާ ވިދާޅުވީ ކައުންސިލް މެމްބަރުކަމުން އިސްތިއުފާދެއްވީ ހާލަތު ހުރި ގޮތުން އެހެން ދާއިރާއަކުން ކުރިއަށްދިއުމަށް ބޭނުންވާތި ކަމަށެވެ.
އިނާޔާ ވިދާޅުވީ ދެން ފެންނާނީ ތައުލީމީ ދާއިރާއިން ރަށަށް ހިދުމަތްކުރުމަށް ކަމަށެވެ. އެނގިފައިވާ ގޮތުގައި ކުރިނބީ ސްކޫލު އޮފީހުގެ ވަޒީފާއެއް އިނާޔާއަށް ވަނީ ހަމަޖެހިފަ އެވެ.
އިނާޔާ ކައުންސިލަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ޓިކެޓްގަ އެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކައުންސިލްގައި މިހާރު ތިއްބެވީ 4 ބޭފުޅުންނެވެ.