މިދިޔަ ހޮނިހިރުދުވަހު ފުލުހުން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ އެއްގަމު އުނޅަދު ބަލާ ފަސްކޮށްފި އެވެ.
ފުލުހުން ބުނީ މި އޮފަރޭޝަނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަނެއް ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ހަވީރު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ހިންގި މި އޮޕަރޭޝަނުގައި 171 އެއްގަމު އުޅަނދެއް ބަލާފާސްކޮށް ގައިވަދާ ހިލާފުވި 30 އުޅަނދަކާ މެދު ފިޔަވަޅު އެޅިކަމަށް ފުލުހުން ބުނެ އެވެ.
ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ޤާއިމްކޮށް، ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކަކީ ގަވާއިދާ އެއްގޮތަށް ހުރި އުޅަނދުތަކެއްތޯ ބަލާފަ އެވެ.
އެގޮތުން އުޅަނދުތަކުގެ ރޯޑްވާދިނަސް އާއި އަހަރީ ފީ އާއި އިންސްއަރެންސް ސްޓިކާގެ މުއްދަތު ހަމަވެފައިވޭތޯ ބެލުމުގެ އިތުރުން ޓްރެފިކް އެކި ވައިލޭޝަންތަކަށް ބަލާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.