ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭސް މިމަހުން ފެށިގެން އަތޮޅުތަކުން ލިބެން ހުންނާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
ރާއްޖެގެ ނެރޭ އޮންލައިން ނޫހެއް ކަމަށްވާ “ސަން އޮންލައިނަށް” ދެއްވި އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް އެ ކުއްޖަކު ދިރި އުޅޭ އަތޮޅަކުން ލިބުމުގެ އިންތިޒާމު މި މަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށާއި ބޭސް އަތޮޅުތަކުން ލިބެން ފެށުމުން ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
މިހާރު ހަމަޖެހިފައި އޮންނަ އުސޫލުން ތެލަސީމިއާ ކުދިންނަށް ބޭސް ލިބެނީ މާލެއިން އެކަންޏެވެ. ބޭސް ލިބެނީ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުދޭ ވަކި މުއްދަތަ ކަށެވެ.