twitterviber whatsapp telegramfacebookyoutube instagram
14th September 2025

ގާނޫނާއި ހިލާފުވެގެން ޓޯކޮށްފައި ހުރި 291 އުޅަނދެއް ނައްތާލައިފި

Jan 3, 2017

އެއްގަމު ދަތުުރުފަތުރުގެ ގާނޫނާއި ހިލާފުވެގެން ޓޯކޮށްފައި ހުރި 291 އުޅަނދެއް އިއްޔެ ނައްތާލައިފި އެވެ.

އިއްޔެ ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 81 ސައިކަލަކާއި 210 ބައިސްކަލެވެ. މި އުޅަނދުތައް ނައްތާލާފައިވަނީ ޕޮލިސް ޓޯވޔާޑުގައެވެ.

މިއީ ޤަވާއިދާ ޚިލާފަށް މަގުމަތީގައި ޕާކްކުރުމާއި ގުޅިގެން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ޤާނޫނު ނަންބަރު 22/2015 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް 2 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ)ގެ ދަށުން އުޅަނދުތަކާ ހަވާލުވުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ދީފައިވާ 60 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުތަކެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އުޅަނދުތައް ނައްތާލާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައިތައް ވަކިކުރުމަށްފަހު ބައިތައް ވަކިވަކިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355