ކުރިނބީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުން ފުރަތަމަ ތައްޔާކުރި އޯރގަނިކް ގަސްކާނާ ގޭބީސީ ތަކަށް ބެހުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ކުރިނބީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެރަށު ވޭސްޓް މެނޭޖްމެންޓް ސެންޓަރުން ތައްޔާރުކުރި އޯރގަނިކް ގަސްކާނާގެ ތެެރެއިން ފުރަތަމަ ތައްޔާރުކުރި ކާނާ ގޭބީސީ ތަކަށް ފޯރުކޮށްދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް ގަސްކާނާ ބޭނުންފުޅުވާ ކޮންމެ ގެޔަކަށް ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 2 ކިލޯ ކަމަށާއި ގަސްކަނާ ބޭނުން ފުޅުވާފަރާތްތަކުން 5 ޖެނުއަރީ 2017 ވަނަ ދުވަހު އޮފީސް ބަންދު ކުުރުމުގެ ކުރިން އެއިދާރާޔަށް ދުރުވެ ނަންނޯޓް ކުރެއްވުމަށެވެ.