ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއްގައި އެނާޖީ ޑްރިންކްސް ވިއްކުމާއި ބޭނުން ކުުރުން މަނާކޮށްފި އެވެ.
އެމިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހެލްތު ފެސިލިޓީތަކުގައި ހުންނަ ކެފޭ އަދި ފިހާރަތަކުގެތަކުގެ އިތުރުން ސިއްހީ ހިދުމަތާ ގުޅުންހުރި އެއްވެސް ތަނެއްގެ އިމާރާތާއި ގޯތިތެރެއަށް އެނާޖީ ޑްރިންކްސް ވެއްދުމާއި ބޭނުންކުރުމަކީވެސް މަނާކަމެއް ކަމެއް ކަމަށެވެ.
އެގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް އެނާޖީ ޑްރިންކްސް ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން އާންމު ތަންތަނުގައި އެނާޖީ ޑްރިންކްސް އިސްތިހާރުކުރުންވެސް ވަނީ މަނާކޮށްފަ އެވެ.
ހެލްތު މިނިސްޓްރީން އެނާޖީ ޑްރިންކްސް މަނާކުރި މި ދަނޑިވަޅަކީ، އެނާޖީ ޑްރިންކްސްއާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާ ދަނޑިވަޅެކެވެ.