twitterviber whatsapp telegramfacebookyoutube instagram
13th April 2026

105 އަހަރުގައި ދުނިޔޭގެ އެންމެ ދުވަސްވީ ކިލާރ ވޭލް މަރުވެއްޖެ

Jan 4, 2017

ގްރެނީގެ ނަމުން ދުނިޔެއަށް މަޝްހޫރު ކިލާރ ވޭލް 105 އަހަރުގައި މަރުވެއްޖެ އެވެ.

ސައިންޓިސްޓުން ބުނާގޮތުގައި މި ވޭލް އުފަންވެފައިވަނީ މަޝްހޫރު ޓައިޓޭނިކް އަޑިއަށް ދިޔަ އަހަރު އެވެ. އެންމެ ފަހުން ގްރެނީ ފެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު 12 ގައި ކަމަށާއި އެއަށްފަހު ގްރެނީ ފެނިގައި ނުވާތީ ގްރެނީ ފެންނާނެ ކަމުގެ އުންމީދު ވަނީ ކަނޑާލާފަ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ދިރާސާތަކުން ބުނާ ގޮތުގައި މި ވޭލްއާއި ބެހޭގޮތުން ސައިންސްވެރިން ފުރަތަމަ ކިޔަވަން ފަށާފައިވަނީ 1971 ވަނަ އަހަރު އޭތީގެ އުމުރުން 60 އަހަރުގަ އެވެ. އެއަށްފަހު ގްރެނީ އަށް ޖޭ2 ގެ ނަމުން ނަންދެވުނެވެ. ޖޭ1 ގެ ނަމުން ނަން ދިފައިވަނީ ގްރެނީއާއި އެކު އެންމެ ގިނައިން ފެންނަ ވޭލް “މެޗުއާރ ބުލް” އަށެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ގްރެނީ ގިނައިން ދަތުރުކޮށްފަވަނީ ޖޭ1 އާއިއެކު އެވެ. އެހެންނަމަވެސް 2010 ގައި އުމުރުން 60 ގައި ޖޭ1 ވަނީ މަރުވެފަ އެވެ.

ސައިންސްވެރިން ގްރެނީއަށް އެހާ އިސްކަމެއް ދެވުނީ އާންމު ގޮތުގައި ކިލާރ ވޭލް ދުނިޔޭގައި އުޅެނީ 60 އާއި 80 ދޭތެރޭގެ އުމުރަކަށް ވާތީ އެވެ.

ގްރެނީގެ ފުރަތަމަ ފޮޓޯތައް އާންމު ވެފައިވަނީ 1967 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355