ގައުމީ ޔުނިވާސިޓީން ބެޗްލާފެންވަރުގެ އާ ދެކޯހެއް ތައާރަފް ކޮށް، ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަލަށްފަށާ ދެ ކޯހަކީ ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީއިން ފަށާ ބެޗްލާސް އޮފް އާޓްސް އިން އިންޓީރިއާ ޑިޒައިން އަދި ފެކަލްޓީއޮފް ސައިންސްއިން ފަށާ ބެޗްލާސް އޮފް ސައިންސެވެ.
ދެކޯހުގެ ތެރެއިން ސައިންސް ކޯހުގައި ހިމެނޭ ބަޔޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސްގެ މާއްދާތަކުން ހާއްސަވުމަށް ކޮންމެ މާއްދާއަކުން 10 ފުރުސަތެއް ހުޅުވާލާފައިވެއެވެ.
މާލޭގައި ފުލްޓައިމްކޮށް ކިޔެވުމަށް ފުރުސަތު ހުޅުވާލަފައިވާ މި ދެކޯހަށް ޖުމްލަ ދީފައިވަނީ 60 ފުރުސަތެވެ. ދެ ކޯހަކީވެސް 3 އަހަރު ދުވަހުގެ ދެ ކޯހެވެ.
ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހާ ހަމައަށެވެ.