އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކާ ޕީއެޗްޑީއަށް ކިޔެވުމަށް އަދި މާސްޓާސް ފެންވަރަށް ކިޔެވުމަށް ސްކޮލަޝިޕް ދީފި އެވެ.
އެގޮތުން ފީއެލްޑީއަށް ކިޔެވުމަށް 9 މީހަކަށް އަދި މާސްޓާސް ފެންވަރަށް ކިޔެވުމަށް އެކަކަށް ވަނީ ސްކޮލަޝިޕް ދީފަ އެވެ.
އައިޔޫއެމްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައިވަނީ ސްކޮލާޝިޕްތަކަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރެވެ.
ސްކޮލަޝިޕް ފުރުސަތުތަކަކީ އެމެރިކާގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ)ގެ ފަރާތުންނާއި ބުރުނާއި ދާރުއްސަލާމުގެ ގައުމީ ޔުނިވަސިޓީ (ޔޫބީޑީ) ފަރާތުން އައިޔޫއެމަށް ދީފައިވާ ޕީއެޗްޑީ ސްކޮލަޝިޕުގެ އަށް ފުރުސަތާއި އައިޔޫއެމްގެ ސްޓާފުންނަށް އެ ޔުނިވާސިޓީން ދީފައިވާ ޕީއެޗްޑީ އަދި މާސްޓާސް ފެންވަރުގެ ސްކޮލަޝިޕް ފުރުސަތެކެވެ.