މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕްރިޒަން އޮފިސަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަގާމަށް 30 ފުރުސަތު ހުޅުވާލާފައި ވާއިރު އެ ސާރވިސްއިން ގެޖެޓް ގައި މިދިޔަ ހުކުރު ދުވަހު އާންމު ކުރި އިއުލާނުގައި ބުނެގައިވަނީ ވަޒީފާއަށް އެދޭ ފޯމާއިއެކު ވަނަވަރާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަ ހުށައަޅަން ޖެހޭނެ ކަަމަށާއި މި ވަޒީފާއަށް ކުރިމަތި ލެވޭނީ 01 ޖެނުއަރީ 2017 އަށް މީލާދީގޮތުން 18 އަހަރު ފުރި، 35 އަހަރު ނުވާ މީހުން ކަމަށެވެ.
މި ވަޒީފާގެ ޝަރުތަކީ ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން “ސީ” ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ދިވެހި އަދި އިސްލާމް އިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން ކަމަށް ވެސް އިއުލާމުގައި ވެއެވެ.
މީގެ އިތުރުން ވަޒީފާއަށް އެދި ހުށައަޅާ ލިއުންތައް 19 ޖެނުއަރީ ވާ ބުރާސްފަތި ދުވަހުގެ 15:00 ކުދިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ އިންޓަވިއު އޮންނަނީ އިއުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައެވެ.