twitterviber whatsapp telegramfacebookyoutube instagram
20th May 2024

ކުޅުދުއްފުށީގައި ލައިސަންސް ޑްރައިވިން ޓެސްޓް ހަދަން ޒަމާނީ ތަނެއް ހަދަނީ

Jan 4, 2017

ލައިސަންސް ނަގަން ހަދަން ޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓް ހެދުމަށް ޒަމާނީ ފެންވަރުގެ ތަނެއް މިއަހަރު ކުޅުދުއްފުށީގައި ހެދުމަށް ހަމަޖެހިފައިވާކަމަށް ހދ އަތޮޅު ކައުންސިލް ބުނެފި އެވެ.

މިހާރު ކުޅުދުއްފުށީގައި ލައިސަންސް ހެދުމަށް އެއްގަމު އުޅަނދު ދުއްވަނީ ވަގުތީ ގޮތުން ސްޓޭޑިއަމް ކުރިމަތި އަމީނީމަގުގަ އެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އިބުރާހިމް ކޭއޯއަށް ވިދާޅުވީ ލައިސަންސް ނެގުމުގެ ހިދުމަތް ދޭ ކަމަށް ވަންޏާ ރަނގަޅު ފެންވަރުގެ ޓްރެކެއް ހަދަން ޖެހޭކަމަށް ޓްރާންސްޕޯޓުން ލާޒިމުކުރާ ކަމަށެވެ. މިދިޔަ އަހަރު މާލެއަށް ކުރެއްވި ދަތުރެއްގައި ވެސް ޓްރެކެއް ހެދުމަށް ފައިސާގެ ކަންކަން ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ދިޔަކަމަށާއި ނަމަވެސް ޓްރެކް ހެދުމަށް ފައިސާ ހަމަޖައްސާދީފައިނުވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

” އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ އަޅުގަނޑުމެންގެ މާލިއްޔަތު ހުންނަ ގޮތަކުން. ސަރުކާރުން އަޅާ ނުލަންޏާ. މިއަހަރުގެ ތެރޭގައި ދެން ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާނީ ” ހދ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ލައިސަންސް ޓެސްޓް ހެދުމަށް ދުއްވާ ސަރަހައްދު ހަދަން ހަމަޖެހިފައިވަނީ ސްޕޮންސާ ހޯދައިގެން ކަމަށެވެ. މަސައްކަތް ފެށޭނެ ކަމަށެވެ. މާލޭގައި ލައިސަންސް ނަގައި ޓްރެކްގެ ފެންވަރަށް ހަދާ މިތަނުގެ އަމަލީ މަސައްކަތް މާރޗުމަހު ފެށޭނެ ކަމަށެވެ.

ބިން މިހާރު ކުޅުދުއްފުށީ ކައުންސިލުން ހަމަޖައްސާދީފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ރުއްގަހުގެ ބަދަލު ދިނުމުގެ ފިޔަވައްސާއި ބިން ސާފުކުރުމުގެ މަސައްކަތްތައް ކަމަށެވެ. ޑްރައިވިން ޓެސްޓް ހަދާތަން ހަދަނީ އެމްޑަބުލިއުއެސްސީގެ އޮފީހުގެ އުތުރު ފަރާތުގައި އޮންނަ ބިމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355