twitterviber whatsapp telegramfacebookyoutube instagram
13th April 2026

ދުންޔާ އަލުން ސަރުކާރާ ގުޅުމަށް ތާއީދެއް ނުކުރަން: މައުމޫން

Jan 5, 2017

ދުންޔާ އަލުން ސަރުކާރާ ގުޅުމަށް ތާއީދު ނުކުރައްވާ ކަމަށް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ޓްވީޓް ގައި ބުނެފައިވަނީ ދުންޔާ އަނބުރާ ސަރުކާރަށް ދިއުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމަށް މައުމޫން އެކަމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

Dunya an’buraa sarukaarah dhiyumakee eynaage amilla nimmumeh. Alhugan’du ekamakah thaaeedheh nukuran.

— Maumoon Abdul Gayoom (@maumoonagayoom) January 5, 2017

މިއަދު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ދުންޔާ އަކީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން އަމިއްލަފުޅަށް އިސްތިއުފާދެއްވި ބޭފުޅެކެވެ.

އަދި އިސްތިއުފާ ދެއްވުމަށްފަހު ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ދުންޔާ ވަނީ ފާޑުވެސް ވިދާޅުވެެފަ އެވެ.

މިކަމާގުޅިގެން ޔުމްނާ މައުމޫންވެސް ވަނީ ޓްވީޓް ކުރައްވާފަ އެވެ. މި ޓްވީޓްގައި ޔުމްނާ ވިދާޅުވީ އޭނާ ހުންނަވާނީ ރައީސް މައުމޫންގެ އަރިހުގައި ކަމަށެވެ.

ޔުމްނާ އަކީ ވެސް މި ސަރުކާރުން އިސްތިއުފާދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355