twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުއްޓާއި މިލަންދޫގައި އިންޑޯ ސްޕޯޓްސް އެރީނާ ކޮމްޕްލެކްސް ގާއިމް ކުރަނީ

Jan 8, 2017

ހދ ކުޅުދުއްފުއްޓާއި ށ މިލަންދޫގައި އިންޑޯރ ސްޕޯޓްސް އެރީނާ ކޮމްޕްލެކްސް ގާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އިއުލާން ކޮށްފި އެވެ.

މިދިޔަ ޑިސެމްބަރ މަހު 28 ގައި އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައި ވާ ކަމަށާއި މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން GC01-3,GC01-2 ,GC01-01 އަދިGC01-04 ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުތުހަމަވާ ފަރާތްތަކަށް ކަމަށެވެ.

މީގެ އިތުރުން އިއުލާނުގައި ބުނެފައިވަނީ މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ޖަނަވަރީ 17 ވާ އަންގާރަ ދުވަހުގެ 10:00 ގައި އެ މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި ބީލަން ހުޅުވުން އޮންނާނީ 2017 ޖަނަވަރީ 31 ވާ އަންގާރަދުވަހުގެ 10:00 ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

ކުޅުދުއްފުށި އަދި މިލަންދޫ އިންޑޯރ ސްޕޯޓްސް އެރީނާ ކޮމްޕްލެކްސް ގާއިމުކުރުމުގެ މަސައްކަތުގެ ވެރިފަރާތަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓެވެ. ދެރަށުގައިވެސް ގާއިމްކުރާ ކޮމްޕްލެސްގެ ބިޑް ސެކިއުރިޓީގެ އަދަދަކީ 20،000 ރުފިޔާ އެވެ.

މި ދެރަށުގެ އިތުުރުން ސ. ފޭދޫގައި ވެސް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމް ކުރުމަށް ވަނީ އިއުލާން ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355