twitterviber whatsapp telegramfacebookyoutube instagram
20th May 2024

ވޭތުވެދިޔަ އަހަރު ޝަރުއީ ކޯޓުތަކުން ހުށައެޅި އަދި ނިންމި މައްސަލަތައް ގިނަ

Jan 7, 2017

ވޭތުވެދިޔަ 2016 ވަނަ އަހަރަކީ ޝަރުއީ ކޯޓުތަކުން ގިނަ މައްސަލަތަކެއް ރިކޯޑް އަދަދަކަށް ހުށަައެޅި އަދި ގިނަ މައްސަލަތަކެއް ނިންމި އަހަރެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ނިމުނު 2016 ވަނަ އަހަރުވަނީ 20،000 އަށްވުރެ ގިނަ މައްސަލަ ކޯޓުތަކުން ނިންމާފައި ކަމަށެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރާ އަޅައިބަލާއިރު ވޭތުވެދިޔަ އަހަރު ގިނަ އަދަދެއްގެ މައްސަލަ ނިންމާފައިވާ ކަމަށާއި މިހާތަނަށް އެންމެ ގިނަ މައްސަލަ ނިމިފައިވަނީވެސް މިދިޔަ އަހަރު ކަމަށެވެ. އަދި މިދިޔަ އަހަރަކީ މިހާތަނަށް ކޯޓުތަކަށް އެންމެ ގިނަ މައްސަލަ ހުށަހެޅުނު އަހަރު ކަމަށްވެސް ވަނީ ބުނެފައެވެ.

2015 ވަނަ އަހަރުގެ ނިޔަލަށް ދަށު ކޯޓުތަކަށް 17،712 މައްސަލަ ހުށަހަޅާފައިވާއިރު މިދިޔަ އަހަރު 20،116 މައްސަލަ ވަނީ ހުށަހަޅާފައިވެ އެވެ. އަދި 2015 ވަނަ އަހަރު ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދަށް ވުރެ 2016 ވަނަ އަހަރުގެ ނިޔަލަށް ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ދަށް ކުރެވިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ހަމަ އެއާއެކު އެއްއަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައްވެސް މިހާރު ވަނީ 12 އިންސައްތަ އަށް މައްސަލަތައް މަދުކުރެވިފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355