twitterviber whatsapp telegramfacebookyoutube instagram
14th August 2026

2018 ވަނަ އަހަރު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގުރޭޑް 8 އުފައްދަނީ

Jan 8, 2017

2018 ވަނަ އަހަރު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގުރޭޑް 8 އުފައްދާ ކިޔަވައިދޭން ފަށަން ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފި އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒަކީ އެލްކޭޖީ ފެށިގެން ގުރޭޑް 7 ކިޔަވައިދޭ ޕްރައިމަރީ ސްކޫލެކެވެ. ނަމަވެސް އަންނަ އަހަރު ފެށިގެން ގުރޭޑް 8 އުފައްދާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، 2018 ވަނަ އަހަރު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ގުރޭޑް 8 އުފައްދާނެ ކަމަށެވެ. އަދި 2019 ވަނަ އަހަރު 9 އުފެދި 2020 ވަނަ އަހަރު 10 އުފެދިގެންދާނެ ކަމަށެވެ.

” 2018 ގައި 8 އުފައްދާނަށް، އެއަށް ފަހު ކޮންމެ އަހަރަކު ގުރޭޑް އުފެދި، 2020 ވަނަ އަހަރު އެސްކޫލުގައި އޯލަވެލް ހެދިގެންދާނެ ” އޮފިޝަލް ވިދާޅުވި އެވެ.

2020 ވަނަ އަހަރުން ފެށިގެން ހދ އަތޮޅު ތައުލީމީ މަރުކަޒަކީ އެލްކޭޖީ ފެށިގެން ގުރޭޑް 10 ކިޔަވައިދޭ ސްކޫލަކަށް ބަދަލުވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ބުނެ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒަކީ މިވަގުތު އަތޮޅުތެރޭގައި ހުރި އެންމެ އާބާދީ ބޮޑު ސްކޫލެވެ. މިއަހަރު އެސްކޫލުގައި ގުރޭޑް 1159 ދަރިވަރަކު ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355