twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާސީ އާ އަހަރުގެ އޮޑި ދުއްވާލިއިރު އަތޮޅުތެރޭގެ އެންމެ އާބާދީ ބޮޑު ސްކޫލުގައި ކައްޕިތާނަކު ނެތް

Jan 8, 2017

ދިރާސީ އާ އަހަރު މިއަދު ފެށި ރާއްޖެގެ ހުރިހާ ސްކޫލުތަކެއްގައި ކިޔަވައިދޭން މިއަދު ވަނީ ފަށާފަ އެވެ. ސްކޫލުތަކުގެ ކިޔެވުން ފެށުނުއިރު އެހެން އަހަރުތަކާ އަޅާ ބަލާއިރު ޓީޗަރުންނާއި ފޮތްތައްވެސް ހަމަ އެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކުޅުދުއްފުށީ ސްކޫލުތަކަށް މާބޮޑު މައްސަލައެއް ފާހަގަކުރެވިނެއް ނަމަވެސް އަތޮޅުތެރޭގެ އެންމެ އާބާދީ ބޮޑު ސްކޫލުކަމުގައިވާ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ވެރިއެއް ނެތުމަކީ ކަންބޮޑުވާ މައްސަލައެކެވެ.

މިއަހަރު 1159 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާނެ އެސްކޫލު މިއަހަރުގެ ފުރަތަމަ ދުވަސް ފެށިގެން ދިޔައީ ޕްރިންސިޕަލެއް ނެތި އެވެ. ޑެޕިއުޓީ ޕްރިންސިޕަލެއްވެސް ނެތެވެ.

ހުކުރު ދުވަހުގެ ރޭ އެސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ލީޑިން ޓީޗަރެއް ވިދާޅުވެފައިވަނީ އެސްކޫލުގައި ޕްރިންސިޕަލެއް ހުރިކަމެއް އަދި ނެތްކަމެއް ވެސް ނޭނގޭ ކަމަށެވެ.

” މިދިއަ އަހަރު ހުންނެވި ޕްރިންސިޕަލްއަށް ގުޅުވުމުން ބައެއް ބޭފުޅުން ކައިރީގައި ވިދާޅުވޭ އަންނާނެމޭ ވެސް ނާންނާނަމޭވެސް. އަޅުގަނޑުމެންނަށް ނޭނގޭ ” ހދ އޭއީސީގެ ލީޑިން ޓީޗަރަކު ވިދާޅުވި އެެވެ.

އެސްކޫލުގެ އިސްމާގަމެއްގައި ހުންނެވި އެހެން ބޭފުޅަކު ވިދާޅުވީ ޕްރިންސިޕަލް ޝުވައިބު ހައްދާވާގޮތެއް އަދި ނޭނގޭ ކަމަށާއި އެބުރި ނާންނާނެ ވާހަކަވެސް އަޑު އިވިފައިވާ ކަމަށެވެ. މިއަދު ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު އެހާ އާބާދީ ބޮޑު ސްކޫލެއް ޕްރިންސިޕަލެއް އަދި ޑެޕިއުޓީ ޕްރިންސިޕަލެއްވެސް ނެތުމުން ގިނަ ބެލެނިވެރިންވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އަ މިދިޔަ އަހަރު އެސްކޫލުގައި ހުންނެވި ޕްރިންސިޕަލް މުހައްމަދު ޝުވައިބު އަލީ ވިދާޅުވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށާއި އަދި މިނިސްޓްރީން އެހެން ސްކޫލަކަށް ބަދަލުކުރެއްވިކަން އަންގާފައިނުވާ ކަމަށެވެ.

ޝުވައިބު ވިދާޅުވީ މިއަދު ވަޒީފާއަށް ނުނުކުމެވުނީ އާއިލީ ޒިންމާގައި ޗުއްޓީގައި ހުންނެވުމުން ކަމަށެވެ. އަދި 10 ދުވަސް ފަހު ވަޒީފާއަށް ނިކުންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

މިދިއަ އަހަރު އެސްކޫލަށް 2 ޑެޕިއުޓީ ޕްރިންސިޕަލަކު ހޯދުމަށް މިނިސްޓްރީން އިއުލާންކުރެއްވި ނަމަވެސް އެމަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތިލާފައިނުވާ ކަމަށް ޝުވައިބު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355