ހާލުގައި ޖެހިފައިވަނިކޮށް ރާއްޖެ ސަރަހައްދުން ފެނުނު ލަންކާގެ 2 މަސްވެރިން ދިއްދޫއަށް ގެންގޮސްފި އެވެ.
މިއަދުގެ ވަގުތެއްގައި މި ދެމީހުން ދިއްދޫއަށް ގެންގޮސްފައިވާއިރު އެމީހުން ދިއްދުއަށް ގެންދިޔައީ ސީދާ ކޮން ސަބަބަކާ ހުރެކަމެއް އަދި ރަސްމީ ފަރާތަކުން ސާފުވެފައެއް ނެތެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާދިން ގޮތުގައި ދެމީހުންގެ ވެސް ހާލު ރަނގަޅު ކަމަށާއި އެމީހުން ފުރުވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މި ދެމީހުން ފެނިފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ މެންދަމު 3:45 ހާއިރު ހއ. ތުރާކުނުން 30 މޭލު ބޭރުން ރާއްޖޭގެ “ކަނޑު ރޯދި” ނަމަކަށް ކިޔާ ދޯންޏަކަށެވެ. މީގެ ކުރިން މިދެމީހުން ތިބީ ސިފައިންގެ ބެލުމުގެ ދަށުގައި ހއ. އުލިގަމުގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެދެމީހުން ބެހެން މެދުވެރިވީ އެމީހުން މަހަށް ނިކުމެ އުޅުނު ބޯޓުން ޑީސަލް ހުސްވެގެންނެވެ. އެ ދެމީހުން ކަނޑު މަތީގައި ހޭދަކުރީ ކިތައް ދުވަހު ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.