twitterviber whatsapp telegramfacebookyoutube instagram
20th May 2024

ތައިލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި

Jan 8, 2017

ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ހިޒް އެކްސެލަންސީ މިސްޓަރ ނޮޕޯން އަދްޗާރިޔަވަނިޗް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަރިހަށް މިއަދު ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަސީރު މުހައްމަދު ‏ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ތައިލެންޑްގެ ސަފީރުގެ އަރިހުގައި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ތައިލެންޑްގެ އޮނޮރަރީ ކޮންސަލް މުހައްމަދު ސާލިހް ވަނީ ‏ބައިވެރިވެވަޑައި ގެންނަވާފައި އެވެ.

މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ތައިލެންޑް ސަފީރުގެ ދައުރުގައި ރާއްޖޭގެ ސަރުކާރާއެކު ބާއްވަވާފައިވާ ގާތްގުޅުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އެމަނިކުފާނަށް ފާގަތި މުސްތަގްބަލަކަށް އެދި، ދެ ގައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކައި، ރާއްޖެއާއި ތައިލެންޑާ ދެމެދުގައި ވިޔަފާރިއާއި، އިންވެސްޓްމަންޓް ގުޅުންތައް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައި އެވެ.

ތައިލެންޑްގެ ސަފީރު ހިޒް އެކްސެލަންސީ މިސްޓަރ ނޮޕޯން އަދްޗާރިޔަވަނިޗް ވިދާޅުވެފައި ވަނީ، ރާއްޖެއާއި ތައިލެންޑާ ދެމެދުގައިވާ އެއްގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ، ރަހުމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355