ހދ.ނޮޅިވަރަންފަރުގެ މޫދު ތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ކޭއޯ އަށް މައުލޫމާތު ދެމުން އެ ރަށު މީހެއް ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އެރަށު ކަންމަތީގޭ މޫސާ އިބްރާހީމް(76) އެވެ. މިއަދު ހެނދުނު 6:30 ހާ އިރު މި މީހާ ފެނިފައި ވަނީ ފަތިހު ތަނަކަށް ފުރަން ދިޔަ ބަޔަކަށެވެ.
އަދި އެމީހާއަކީ ކުޑަކޮށް ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށާއި އެމީހާގެ ދަރިން މިހާރު ދިރިއުޅެމުން ދަނީ މާލޭގައި ކަމަށް ވެސް މަައުލޫމާތު ދެމުން ވަނީ ބުނެފައި އެވެ.