ޖަމާއަތްތެރިން ތަމުރީންކުރުމަށް ބާއްވާ ތަމުރީން ޕުރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކުރިއަށްގެންދާ މި ޕުރޮގުރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި އައިޑީކާޑުގެ ކޮޕީއަކާ އެކު ސިޓީއަކުން މިމަހު 12 ގެ ކުރިން ހުށަހެޅުމަށް ޖެހެ އެވެ.
މި ތަމުރީން ޕްރޮގުރާމު ކުރިއަށްދާނީ މާލޭގަ އެވެ. މި ޕްރޮގުރާމް އޮންނާނެ ތާރީހެއް ގުރުއާނާ ބެހޭ މަރުކަޒުން އަދި ހާމަކޮށްފައެއް ނުވެ އެވެ.