twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތަކެތީގެ އަގަށް އައި ބަދަލާއެކު ޓެކްސީ ދަތުރުތަކުގެ އަގުވެސް ބޮޑުކޮށްފި

Jan 10, 2017

ތަކެތީގެ އަގަށް އައި ބަދަލާއެކު ކުޅުދުއްފުށީ ޓެކްސީތަކުގެ އަގު ބޮޑުކޮށްފި އެވެ.

މި އަހަރު ޖެނުއަރީ 1 ން ފެށިގެން ޓެކްސީގެ ހިދުމަތް ބޮޑުކޮށްފައިވާ އިރު ކުރިން 20 ރުފިޔާއަށް ކުރާ ދަތުރުތައް މިހާރު ކޮށްދެނީ 25 ރުފިޔާއަށެވެ.

ޓެކްސީ ސެންޓަރުތަކުން ބުނީ އަގަށް ބަދަލު ގެންނަން ނިންމީ ތަކެތީގެ އަގު ބޮޑުވަމުން އަންނާތީ ކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ޓެކްސީގެ ހިދުމަތް ދޭ ދެ ސެންޓަރުންވެސް ވަނީ މި އަހަރު ފެށުމާއި އެކު ހިދުމަތުގެ އަގު ބޮޑުކޮށްފަ އެވެ.

އެފަރާތްތަކުން ބުނީ ދަތުރުގެ އަގު ބޮޑު ކުރިނަމަވެސް ދާގީނާ އަރުވައިގެން ކުރާ ދަތުރުތަކަށް ނާގާނީ ކުރިންވެސް ނަގާ އަގު ކަމަށާއި މި ހިދުމަތުގެ އަގު ބޮޑުކޮށްފައި ނުވާކަމަށެވެ.

ކުޅުދުއްފުށިގައި ޓެކްސީގެ ގޮތުގައި 50 އަކަށް ކާރު ދުއްވަ އެވެ. ޓެކްސީގެ އަގު ބޮޑުކޮށްފައިވާއިރު މިމަހުވެސް 2 ފަހަރަށް ވަނީ ޕެޓިރޯލްގެ އަގު އެސްޓީއޯއިން ބޮޑުކޮށްފަ އެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޒަރުރީ ގިނަ ހިދުމަތްތަކެއް އަގު އަދިވެސް ދަނީ މައްޗަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355