twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ފިއްލަދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާތަކެއް ހޯދައި 2 ކުއްޖަކު ހައްޔަރުކޮށްފި

Jan 10, 2017

ހއ. ފިއްލަދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާ އާއި ތަކެތި ހޯދައި ވައްކަން ކުރިކަމުގެ ތުހުމަތުގައި 2 ކުއްޖަކު ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 17 އަހަރުގެ ދެ ކުއްޖެކެވެ.

މި ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައި ހއ. ފިއްލަދޫ ފިހާރައެއް ފަޅާލައި އެފިހާރައިން 2400 ރުފިޔާއަށް ވުރެ ގިނަ ފައިސާއާއި ސިނގިރޭޓްތަކެއް ވަގަށް ނަގާފައިވާކަމަށްބުނެ ހުށަހެޅި މައްސަލަކާ ގުޅިގެން މި ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހު 7 ވަނަ ދުވަހުކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ވަގަށް ނަގާފައިވާ ފައިސާއާއި ތަކެތި ހޯދާފައިވަނީ އެރަށު ވަލުތެރޭގައި ފޮރުވާފައިވަނިކޮށެވެ. މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355