twitterviber whatsapp telegramfacebookyoutube instagram
18th July 2025

ޔަންގް ފިޝަރސް ކްލަބްގެ ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގު

Jan 12, 2017

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ޔަންގް ފިޝަރސް ކްލަބްގެ ޑިވެލޮޕްމެންޓް ޕާރޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އެ އެސޯސިއޭޝަނުން ރާއްޖޭގެ ސްކޫލްތަކުގައި ފެށުމަށް ރާވާފައިވާ ޔަންގް ފިޝަރސް ކްލަބްގެ ސްޕޮންސަރިންގ ޕާރޓްނަރއެއްގެ ގޮތުގައި ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް މާކެޓިންގ އޮފިސަރ އީޒަބެލް ހާޖްރީއެވެ. ފިޝަމަން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދެވެ.

ދިރާގާއިއެކު ކުރެވުނު އެއްބަސްވުމުގެ ދަށުން އެ ސޯސިއޭޝަނުން ކޮމިއުނިކޭޝަން އާއި ޓެކްނޮލޮޖީއާއި ގުޅޭ ތަފާތު ހަރަކާތްތައް ހިންގުމުގައި ދިރާގުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ކްލަބްގެ ފަރާތުން ދަރިވަރުންނަށާއި، ޓީޗަރުންނަށް ހިންގާ ތަފާތު ޙަރަކާތްތައް ހިންގުމުގައި ދިރާގުގެ ފަރާތުން މާލީ އަދި ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ.

ޔަންގް ފިޝަރސް ކްލަބް އަކީ މަސްވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި ތަފާތު ދާއިރާތަކާއި، ކަނޑުތަކުގެ ތިމާވެއްޓާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކޮށް އެ ދާއިރާތަކުން ބޭނުންވާ ހުނަރާއި ތަމްރީން ފޯރުކޮށްދިނުމަށް ސްކޫލްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ހާއްސަ ކްލަބެކެވެ.

އެގޮތުން ތިމާވެއްޓާއި، ދެމެއްޓެނިވި މަސްވެރިކަމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ނިޔަމިކަމާއި، މުވާސަލާތީ ތަފާތުން ކަންތައްތަކާއިގުޅޭގޮތުން އެކިއެކި ހަރަކާތްތައް އެ ކްލަބުން ވަނީ ހިންގުމަށް ހަމަޖެހިފައެވެ. މި ކްލަބުގެ މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތަކަކީ ޕްރޮފެޝަނަލް މަސައްކަތްތަކަކަށް ހެދުމަށްޓަކައި އެކަމުގެ ޝައުގާއި ހުނަރު ސްކޫލްތަކުގެ ދަރިވަރުންނަށް ފޯރުކޮށްދީ ޒުވާނުން މަސްވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް އަހުލުވެރިކޮށް ޝައުގުވެރިކުރުވުމެވެ.

މިއަހަރު މި ކްލަބްގެ ހަރަކާތްތައް ހިންގުމަށް ރޭވިފައިވަނީ އައްޑު ސިޓީ މަރަދޫ ސްކޫލާއި، ގއ. އަތޮޅު ތައުލީމީ މަރުކަޒާއި ދ. އަތޮޅު ތައުލީމީ މަރުކަޒާއި ރ. ދުވާފަރު ސްކޫލްގެ އިތުރުން ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355