twitterviber whatsapp telegramfacebookyoutube instagram
18th July 2025

އަމިއްލައަށް މަރުވާން ކަނޑަށް އެރިއުޅުނު މީހަކު ފުލުހުން ސަލާމަތްކޮށްފި

Jan 12, 2017

ވިލިމާލޭގެ ހުޅަނގުފަރާތު ނައިންސްޓަރ ބީޗާ ދިމާއަށް މަރުވާންކަމަށް ބުނެ ކަނޑަށް އެރިއުޅުނު އަންހެނަކު ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ އަމިއްލައަށް މަރުވާން އުޅޭކަމަށްބުނެ އަންހެނަކު ކަނޑަށް އެރިއުޅޭކަމަށް އިއްޔެ ހަވީރު 16:30 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން އެސަރަހައްދަށް ދިޔައިރު މި އަންހެން މީހާ ކަނޑުގައި އޮތް މަންޒަރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.

މި މަންޒަރު ފުލުހުންނަށް ފެނުމާއެކު އެވަގުތު ޑިއުޓީގައި އުޅުނު ފުލުހުންވަނީ ފަތާފައިގޮސް އެއަންހެން މީހާ ސަލާމަތްކޮށް ފުލުހުންގެ ބެލުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355