އިންޑޮނޭޝިޔާގައި މިހާރު ކުރި އަށް ދާ “މާކިއުރީ މެރިން އޭޝިޔާ ބިޒްނަސް ކޮންފަރެންސް 2017” ގެ “މާކިއުރީ މެރިން” ގެ މާކެޓިން އެކްސެލެންސް އެވޯޑު ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސް އަށް ލިބިއްޖެއެވެ.
މި އެވޯޑަކީ މާކިއުރީ ބްރޭންޑުގެ އިންޖީނުގެ ވިޔަފާރީ އެންމެ ރަނގަޅަށް ކުރާ ކުންފުންޏަށް ދޭ އެވޯޑެކެވެ. މި އެވޯޑު އެ ކުންފުންޏާ ހަވާލުކޮށް ދެއްވީ މާކިއުރީ މެރިންގެ ޕްރެޒިޑެންޓް އެވެ. ހަސަން މެރިންގެ ފަރާތުން އެވޯޑާ ހަވާލުވީ އެ ކުންފުނީގެ އިސްވެރިންނެވެ.
ހަސަން މެރިންއިން ވަނީ ދާދި ފަހުން މާކިއުރީ ބްރޭންޑުގެ އިންޖީނު ތަކެއްވެސް ބާޒާރަށް ނެރެފަ އެވެ.
ހަސަން މެރިން އަކީ، މާކިއުރީ އިންޖީނާއި، އެ އިންޖީނުގެ ސްޕެއާ ރާއްޖެ އެތެރެކޮށް ވިޔަފާރި ކުރަމުން ގެންދާ ކުންފުންޏެކެވެ.