twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ހއ.އިހަވަންދޫގައި ކުރިއަށްގެންދާ މަލްޓިމީޑިއާ ކޯހުގެ މިއީ ފަހު ސެމިސްޓަރ

Jan 12, 2017

ހއ. އިހަވަންދޫގައި އެމްއެންޑީއެފް ނޮދަން އޭރިއާ އިން ކުރިއަށްގެންދާ ސެޓްފިކެޓް 3 އިން މަލްޓި މީޑީއާ އެންޑް ވެބް ޑިޒައިނިންގ ކޯހުގެ ފަހު ސެމިސްޓަރ ފަށައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި، ހަތަރު ސެމިސްޓައަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ކޯހުގައި ނިމުނު ސެމިސްޓަރ ތަކުގެ ޓްރާންސްކްރިޕްޓް ކޯހުގެ ބައިވެރިންނަށް ވަނީ މިދިޔަ މަހު އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ވައިސް ވަހީދު ހަވާލު ކޮށްދެއްވާފައި ކަމަށެވެ.

178 ދަރިވަރުންނާއެކު ކުރިއަށްދާ މިކޯހުގައި ހއ. އިހަވަންދޫ ސްކޫލްގެ ގްރޭޑް 8 އިން ފެށިގެން 12 އާއި ދެމެދުގެ ސްކޫލް ދަރިވަރުންނާ އިހަވަންދޫގައި ހުންނަ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި ޒުވާނުން ބައިވެރިވެފައިވެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ހަ ދަރިވަރަކު ވެސް މިކޯހުގައި ދަނީ ކިޔަވަމުންނެވެ.

ހއ. އިހަވަންދޫ ސްކޫލާއި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާ ގުޅިގެން މިދިޔަ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު ފެށި މިކޯހުގައި ކިޔަވައިދެއްވަނީ ވޮރަންޓް އޮފިސަރ 2 މުހައްމަދު ޔާމިނާއި، ކޯޕްރަލް ހަސަން ރިޔާޒާއި، ކޯޕްރަލް މުހައްމަދު ޝިހާމްއެވެ.

އަންނަ ފެބްރުއަރީ މަހުގެ 15 ގައި ނިންމުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ކޯހުގެ ކުލާސްތަކަށް ހާސިރު ކުރުމާއި، ގެއަށް ގެންދިއުމުގެ ހުރިހާ ކަމެއްވެސް ކުރަމުން ދަނީ ސިފައިންގެ ބެލުމުގެ ދަށުން ކަމަށާއި މިކޯސް އިންތިޒާމްތައް ހަމަޖައްސައިދީފައި ވާނީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހައިން ކުލާސްރޫމްގައި ތިބެވޭ ގޮތަށް ކަމަށް އެފަރާތުން މައުލޫމާތު ދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355