twitterviber whatsapp telegramfacebookyoutube instagram
14th August 2026

ރަށު ފެންވަރުގައި ބޭއްވޭ ގުރުއާން މުބާރާތް މިއަންނަ ފެބްރުއަރީ މަހު

Jan 14, 2017

ކުޅުދުއްފުށި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ގުރުއާން މުބާރާތް ފެބްރުއަރީ މަހު 24 ،25 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މި ގުރުއާން މުބާރާތައް ފަނޑިޔާރު ކަަން ކުރުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށާއި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ޖަނަވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީ އާއިއެކު ސަނަދު ތަކުގެ ކޮޕީ ކައުންސިލްގެ މެއިލް އެޑްރެސް [email protected] އަށް ހުށައެޅުމަށެވެ.

ފަނޑިޔާރު ކަން ކުރުމަށް ޝައުގުވެރިވާ ފަރާތް ތަކުގައި ހިމެނަން ޖެހޭ ޝަރުތުތަކަކީ ގާރީ ލެވެލް 3 ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ މުދިމް ތަމްރީން ސެޓްފިކެޓް ހާސިލްކޮށްފައިވުން، ނުވަތަ ގުރުއާން މުދަރިސްކަމުގެ ސެޓްފިކެޓް ހާސިލްކޮށްފައިވުމެވެ.

އޭގެ އިތުރުން މިމުބާރާތުގައި ފަނޑިޔާރުކަން ކޮއްދެއްވާ ފަރާތްތަކަށް -/2000 ރުފިޔާގެ އެލަވެންސް އެއް ދެވޭނެ ކަމަށާއި ރަށުން ބޭރުގެ ފަރާތެއް ނަމަ ހުރުމާއި ކެއުން ހަމަޖެހޭނެ ކަމަށް އިއުލާނުގައި ވެއެވެ. އިތުރު މައުލޫމާތު ހޯދުމަށް އެދާއިރާގެ ނަންބަރު 6521185 އަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355