މިދިޔަ އަހަރުގެ އޮކްޓޯބަރު، ނޮވެމްބަރުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ސްލިޕް އަންނަ ބުދަ ދުވަހު ދޫކުރަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.
ޑީޕީއިން ބުނީ ނަތީޖާ ސްޕިލް މި މަހު 18 އިން ފެބްރުއަރީ 6 ކާއި ހަމައަށް އެ ޑިޕާޓުމެންޓުންނާއި ސެންޓަރުތަކުން ދޫ ކުރާނެ ކަމަށާއި އޯލެވެލް އިމްތިހާނުގައި އަމިއްލަގޮތުން ބައިވެރިވި ކެންޑިޑޭޓުންގެ އައިޑީ ކާޑު ގެނައުމުން ނަތީޖާ ދޫކުރާނެ ކަމަށެވެ.
މީގެ އިތުރުން ނަތީޖާގައި މައްސަލައެއްވާކަމަށް ޝައްކުވާނަމަ ފެބުރުވަރީ 7 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަން ލިޔުމަކުން އެކަން އެ ޑިޕާޓުމެންޓަށް އެންގުމަށާއި ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ކެންޑިޑޭޓުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 8 ފެބްރުއަރީ ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް ވެސް ޑީޕީއީ ވަނީ އަންގާފަ އެވެ. ރީޗެކްކުރުމަށް ހުށަހަޅާނީ، އެ ކެންޑިޑޭޓަކު އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށް ކަމަށެ ޑީޕީއީން ބުނެއެވެ.
ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:30 އަށެވެ. ނަތީޖާ ނެގުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ކެންޑިޑޭޓުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ހަވާލުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަން އެ އިދާރާއިން ވަނީ އަންގާފަ އެވެ.