twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސީއައިޓީއެމް އިން ށ އަތޮޅުގެ ދެ ރަށެއްގައި ހިންގި ކޮމްޕިއުޓާ ކޯސްތަކެއްގެ ނިމުން ފާހަގަކޮށްފި

Jan 15, 2017

ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމެންޓް (ސީއައިޓީއެމް) އިން ށ ފޯކައިދޫއާއި އެއަތޮޅު ގޮއިދޫ ކުރިއަށްގެންދިޔަ ކޮމްޕިއުޓާ ކޯސްތަކެއްގެ ނިމުން ފާހަގަކޮށްފި އެވެ.

ފޯކައިދޫގައި ކުރިއަށްގެންދިޔަ ކޮމްޕިއުޓާ ފޯ ކިޑްސްގެ ކޯހުގައި 74 ދަރިވަރަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. އެރަށުގައި ސެޓްފިކެޓް ލެވެލް 3 ކޯހެއް މިހާރު ދަނީ ކުރިއަށެވެ. ގޮއިދޫގެ ހިންގި ކޮމްޕިއުޓާ ފޯ ކިޑްސްގައި 58 ދަރިވަރަކު ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. އަދި ސެޓްފިކެޓް ލެވެލް 3 ކޯހުގައި 62 ދަރިވަރަކު ސެޓްފިކެޓް ހާސިލްކުރި އެވެ.

މި ދެ ރަށުގައި ވަކިން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އަތޮޅުތެރޭގައި ރަށްރަށުގައި ކޮމްޕިއުޓާ ތައުލީމް ފޯރުކޮށްދިނުމަށް ސީއައިޓީއެމް އިން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެފަރާތްތަކަށް މިނިސްޓަރު އާދަމް ޝަރީފު ޝުކުރުއަދާކުރެއްވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ ޅަފަތުގައި ކުދިންނަށް ކޮމްފިއުޓަރު ހުނަރުވެރިކަން ދަސްކޮށްދިނުމަކީ ކުދިންގެ މުސްތަގުބަލަށް އުޖާލާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައިވެސް ޒަމާނީ އުކުޅުތަކަށް ކުދިން ފަރިތަކުރުމަށްޓަކާ ބެލެނިވެރިން ވަރަށް ބޮޑަށް ވިސްނަވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ސީއައިޓީއެމްގެ ޗެއާމަން ތޮލާލު، އެތަނުގެ އިސް ބައެއް ބޭފުޅުންނާއި ހދ އަތޮޅުގެ ކައުންސިލަރުންނާއި ށ އަތޮޅުގެ ކައުންސިލަރުން ބައިވެރިވެލެއްވި އެވެ.

1996 ވަނަ އަހަރު އުފެދުނު ސީއައިޓީއެމްގެ 20 ކެޕަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާއިރު ރާއްޖެތެރޭގައި ސީއައިޓީއެމްއިން ކޮމްޕިއުޓާރ ކޯސްތަށް ކުރިއަށްގެންދަން ފަށާފައިވަނީ 2008 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355