ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ މެނޭޖަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
އިގުބާލު ހަމީދު ކުޅުދުއްފުށީ ޕޯޓްގެ މެނޭޖަރުގެ މަގާމަށް އައްޔަނުކުރެއްވީ ވަގުތީ ގޮތުންނެވެ. އިގުބާލް ހަމީދަކީ ޕޯޓްސް ލިމިޓެޑްގެ އެޗްއާރު މެނޭޖަރެވެ.
މީގެ ކުރިން ކުޅުދުއްފުށީ ޕޯޓް ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި އިބުރާހިމް ފަރުހޫދު މަގާމު ވަކިކުރެއްވި ފަހުން މިއީ އެތަނުގެ އިސް މަގާމަކަށް ބޭފުޅަކު އައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.
ފަރުހޫދު މަގާމު ވަކިކުރެއްވީ 2015 ވަނަ އަހަރުގެ މާރޗުމަހު ތެރޭގަ އެވެ.