ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަކުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ވަނީ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު 15 ޖެނުއަރީ 2017 އިން 23 ޖެނުއަރީ 2017 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި ޝަކުވާ ހުށަހަޅާ ފޯމް އެކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށެވެ.
ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 8:00 އިން މެންދުރުފަހު 03:00 ކަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެދުނު 9:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައިނަމަ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު އިންނެވެ.
އިންތިހާބަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި އާންމުކޮށް ފެންނާނެހެން ބެހެއްޓިފައި ހުންނާނެ އެވެ. މީގެ އިތުުރުން VR ޖެއްސެވުމަށް ފަހު އައިޑީ ކާޑު ނަންބަރު ޖައްސަވާ 1414 އެސްއެމް ކުރެވޭނެ އެވެ.