ޕްރޮފެސަރ ހަސަން އުގެއިލްގެ ޕަބްލިކް ޓޯކް ޝޯއެއް ހއ. ހޯރަފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ހޯރަފުށި ކައުންސިލްގެ ރައީސް އަލީ އާރިފް “ކޭއޯ” އަށް މައުލޫމާތު ދެމުން ވިދާޅުވީ މި ޓޯކް ޝޯ އަކީ ހޯރަފުށި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޝޯއެއް ކަމަށާއި ޓޯކް ޝޯ އޮންނާނީ އަންނަ ހުކުރު ދުވަހު ގެ ރޭ ހއ އަތޮޅު މަދަރުސާގައި ކަމަށެވެ.
މީގެ އިތުރުން އުގެއިލް ގެ މި ދަތުރުގައި ހޯރަފުށީގެ އިތުރުން އެ އަތޮޅު ތުރާކުނު، އުލިގަން އަދި އިހަވަންދޫ މި ތިން ރަށުގެ ސްކޫލްތަަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.
ޓޯކް ޝޯ އަށް ފަންޑު ކޮށްފައިވަނީ ކައުންސިލުގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުން ކަމަށްވެސް އާރިފް ވިދާޅުވި އެވެ.
އުގެއިލްގެ މި ޓޯކް ޝޯގައި ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން ހެލްތީ ލިވިން އަދި ކްލިއާ ތިންކިން އާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.