ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތައް ފެންނަ ގޮތަށް ނާސާއިން 2013 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ނާސައިން އާންމު ކުރި ފޮޓޯގައި ފެންނަނީ ހދ އަދި ށ އަތޮޅު ބައެއް ރަށްތަކެވެ.
ފޮޓޯ އާއި އެކު އާންމުކޮށްފައިވާ ލިއުމުގައި ނާސާއިން ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވަމުން އަންނަ މައްސަލަތައް ފާހަގަ ކޮށްފަ އެވެ.
އެގޮތުން ކަނޑުގެ ލޮނުގަނޑު މަތިވުމާއި ވިއްސާރަ މޫސުންތަކުގައި ރާއްޖެގެ ރަށްރަށުގެ އިތުރުން މާލޭގައި ފެންބޮޑު ވުމުގެ މައްސަލަތަކާއި މިކަންކަމުގެ ސަބަބުން ޑެންގޫ ހުން ފަދަ މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އާންމުކަމަށް ބުނެފައެވެ.
ނާސާއިން އިން އާންމުކޮށްފައިވާ މި ފޮޓޯއަކީ 2013 ވަނަ އަހަރު އޭޕްރިލް 3 ގައި ނަގާފައިވާ ފޮޓޯ އެކެވެ.