twitterviber whatsapp telegramfacebookyoutube instagram
18th July 2025

އަރާމް ބަގީޗާގެ ނަންބޯޑަށް ބަޔަކު ރޭ ގެއްލުންދީ، ތަޅާލައިފި

Jan 17, 2017

އަރާމް ބަގީޗާގެ ނަންބޯޑަށް ބަޔަކު ރޭ ގެއްލުންދީ، ތަޅާލައިފި އެވެ.

ކުޅުދުއްފުށީ އުތުރުކޮޅު ކުޅި ސަރަހައްދުގައި ހަދާފައިވާ މި ހިތްގައިމު ބަގީޗާގެ ނަންބޯޑު ތަޅާލާފައިވަނީ ރޭގެ ވަގުތެއްގައި އެވެ.

އަރާމް ބަޖީޗާ ހެދުމުގައި އިސްކޮށް އުޅުނު ހަމްޒާ ބުނީ ގެއްލުންދީފައިވަނީ ހަމައެކަނި ނަންބޯޑަށް ކަމަށާއި އިތުރު ތަނަކަށް ގެއްލުންދީފައި ނުވާކަމަށެވެ.

ހަމްޒާ ބުނީ ނަންބޯޑެއް ހެދުމުގެ މަސައްކަތް މިހާރުކުރިއަށްދާކަމަށެވެ.

ކުޅުދުއްފުށީ އުތުރުކޮޅު ކުޅި ކައިރީގައި އޮންނަ ކަރިންބެ ރުއްގަނޑު ސަރަހައްދު ހިތްގައިމު ތަނަކަށް ބަދަލުކޮށް “އާރާމް ބަގީޗާ”ގެ ނަމުގައި ހުޅުވީ މިދިޔަ ނޮވެމްބަރުމަހު އެވެ.

ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެތަން ރީތިކޮށް ކުޑަކުދިންނާއި ގުޅޭ މާހައުލަކަށް ބަދަލުކޮށްފައިވަނީ އަމިއްލަ ހަރަދުގަ އެވެ.މިތަނަށް ކޮންމެ ދުވަހަކުވެސް އާއްމުގެ ގިނަ ބަޔަކު ޒިޔާރާތްކޮށް އާއިލާއާ އެކު ވަގުތު ހޭދަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355