twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހދ ޤުރުއާން މުބާރާތް މާރޗުމަހު، ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފި

Jan 17, 2017

ހދ އަތޮޅު ޤުރުއާން މުބާރާތް މިއަހަރުގެ މާރޗުމަހު ބާއްވަން ނިންމާ، ހޯސްޓްކުރަން ބޭނުންވާ ކައުންސިލުތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

މިއަހަރު ޤުރުއާން މުބާރާތް ބާއްވަން ނިންމާފައިވަނީ މާރޗުމަހުގެ 2 ން 4 ށެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން އެކައުންސިލްގެ ރައީސް އަލްއުސްތާޒު އަހުމަދު އިބުރާހިމް ވިދާޅުވީ ގުރުއާން މުބާރާތް މިއަހަރުވެސް ބާއްވަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަހުމަދު ވިދާޅުވީ މިއަހަރު ޤުރުއާން މުބާރާތް ބާއްވަން ކައުންސިލުން ނިންމާފައިވަނީ މާރޗުމަހުގެ ތެރޭގައި އެވެ.

ޤުރުއާން މުބާރާތް ހޯސްޓްކުރަން ޝައުގުވެރިވާ ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހު 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ގައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ މުޤައްރަރަށް ބަދަލު ގެނެސްފައި ވީނަމަވެސް އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް ބާއްވަން ނިންމާފައިވަނީ މިދިޔަ އަހަރުވެސް އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތް ބޭއްވި މުޤައްރަރަށް ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެ އެވެ.

މިދިޔަ އަހަރު ހދ އަތޮޅު ޤުރުއާން މުބާރާތް ހޯސްޓްކޮށްފައިވަނީ ނެއްލައިދޫ ކައުންސިލުންނެވެ. މިދިޔަ އަހަރު ޤުރުއާން މުބާރާތުގައި އަތޮޅުގެ 12 ރަށަކުން ޖުމްލަ 148 ދަރިވަރުން ބައިވެރިވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355