twitterviber whatsapp telegramfacebookyoutube instagram
22nd May 2025

2016 ވަނަ އަހަރުގެ އޯލެވެލް ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

Jan 17, 2017

މިދިޔަ އަހަރުގެ ފަހުކޮޅުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ވިދާޅުވެފައި ވަނީ ނިމިގެން ދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށާފައިވަނީ މިއަދު ހެނދުނު 11:30 ގައި ކަމަށާއި އޮންލައިންކޮށް ދޫކުރާ މި ނަތީޖާ ފެންނާނީ ސެންޓަރުތަކުގެ އިސްވެރިންނަށް ކަމަށެވެ.

މާދަމާ އިމްތިހާނުގެ ނަތީޖާ ސްލިޕް އަދި އިމްތިހާނުގެ ނަތީޖާ މާދަމާ ހެނދުނު އެދަރިވަރު އިމްތިހާނު ހެދި ސެންޓަރަކުން ލިބެން ހުންނާނެކަމަށް އެ ޑިޕާޓްމަންޓް އިން މައުލޫމާތު ދެއެވެ.

އަދި ނަތީޖާ ސްލިޕްތައް އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ޑީޕީއޭގެ ސެންޓަރުތަކުން ދޫކުރާނެކަމަށާއި އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ނަތީޖާ ސްލިޕްތައް ޑީޕީއޭގެ ސެންޓަރުތަކުން ދޫކުރާނެކަމަށް އެ ޑިޕާޓްމަންޓް އިން މައުލޫމާތު ދެއެވެ.

ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 13:30 އަށް ނަތީޖާ ދޫކުރުމަށް ހަމަޖެހިފައި ވެއެވެ.

ނަތީޖާގައި މައްސަލައެއް ވާކަމަށް ޝައްކު ކުރެވޭނަމަ އެކަން ލިޔުމަކުން ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެ ޑިޕާޓްމަންޓަށް ހުށައެޅުމަށް ވަނީ އަންގާފައި އެވެ. އަދި އިތުރަށް ނަތިޖާ ރީޗެކް ކުރުމަށް ބޭނުންވާ ނަމަ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 8 ފެބްރުއަރީ ވާ ބުދަ ދުވަހުގެ ގެ ކުރިން ހުށައެޅުމަށް ވެސް ވަނީ އަންގާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގައި ބޭއްވި ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައިވަނީ މުޅި ޖުމްލަ 7028 ދަރިވަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355