twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފުލުހުން ހިންގާ ރެޑީ ކޭމްޕް ހަނިމާދޫގައި ފަށަނީ

Jan 18, 2017

ސާނަވީ މަރުހަލާގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ހިންގާ ރެޑީ ކޭމްޕް ގދ.ފަރެސްމާތޮޑާ އާއި ހދ.ހަނިމާދޫގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.

މި ދެ ކޭމްޕުވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 19 ން 21 އަށެވެ. ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޭމްޕުގައި ހަނިމާދޫ ސްކޫލުގައި ތައުލީމު ހާސިލްކުރަމުންދާ 92 ދަރިވަރަކު ބައިވެރިވާނެއެވެ. އަދި ގދ. ފަރެސްމާތޮޑާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރެޑީ ކޭމްޕުުގައި ގދ. ފިޔޯރީ ސްކޫލާއި ފަރެސްމާތޮޑާގެ ހުވަދޫ ސްކޫލް ހިމެނޭގޮތަށް ޖުމްލަ 89 ދަރިވަރަކު ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި އެވެ.

އޭގެ ތެރޭގައި ޖިނާއީ ކުށްތަކުން ދުރުވެ، ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާ ފައިދާތަކާއި އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މައޫލޫމާތު ދިނުމުގެ އިތުރުން މަދްރަސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް މައުލޫމާތުދީ އިތުރު ހުނަރުތައް ދަސްކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ރެޑީ ކޭމްޕް ސިލްސިލާގެ ތެރެއިން މިއަހަރު ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކޭމްޕުތަކުގެ ތެރެއިން ހިންގާ ދެ ކޭމްޕެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355