twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތު މުއިއްޒު ހދ އަތޮޅަށް !

Jan 19, 2017

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ ވަނިކޮށް ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ހައުންސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒު ހދ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

ހައުންސިންގ މިނިސްޓަރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ހދ.އަތޮޅުގެ ރަށްތަކުގައި ސަރުކާރުން ކުރިއަށްގެންދަވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާގޮތް ބަލާއި ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ހދ އަތޮޅުގެ 9 ރަށްށަކަށް ވަނީ ޒިޔާރާތްކުރަން ހަމަޖެހިފަ އެެވެ. ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5:45 ހާއިރު އެވެ.

މި ދަތުރުފުޅުގައި ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި ރަށްރަށުގެ ކަމުވޮށިގެންވާ މީހުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ކުޅުދުއްފުށީގައި ތިއްބަވާ ޕީޕީއެމްގެ އިސް ފަރާތްތަކާ ބައްދަލުކުރުމަށްވެސް ވަނީ މިރޭ ހަމަޖެހިފަ އެވެ.

ހައުންސިންގ މިނިސްޓަރު ހދ އަތޮޅުގެ ރަށްތަކަށް މިއަދު ދަތުރުފުޅެއް ފައްޓަވާފައިވާއިރު މިސަރަހައްދުގައި އެމިނިސްޓްރީން ހިންގާ ގިނަ މަޝްރޫއުތަކެއް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.

3 ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި މިނިސްޓަރ މުއިއްޒުގެ އަރިހުގައި ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ލީޑަރު އަހުމަދު ނިހާނު ހުސެއިން މަނިކާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ބައިވެރިވެވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355